ފެށުން
'ހަނދުމަވަނީ' މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައިވާ މީހުންނާއި، އެންމެހައި ހާދިސާތަކާއި، ކަންކަމަކީ ޚިޔާލަށް އުފައްދާފައިވާ މީހުންނާއި، ކަންކަމާއި، ޙާދިސާއެވެ. މިއިން މީހަކާއި މިހާރު ދިރިހުރި ނުވަތަ ކުރިން ދިރިއުޅުނު މީހަކާއި ނުވަތަ ޙާދިސާއަކާއި ގުޅުމެއް ވާނަމަ، އަދި މީގައިވާ އެއްވެސް ކަމަކާއި މިހާރު ހިނގަމުންދާ ނުވަތަ ހިނގާފައިވާ ކަމަކާއި ގުޅުމެއް ވާނަމަވެސް އެއީ އިއްތިފާގުން ދިމާވެފައިވާ ގޮތެކެވެ.
ވަށައިގެން އަނދިރިކަން : ފަސްއަހަރު ކުރިން
އިސްދޫގެ ހިތްގައިމު ބަނދަރުގައި، ބަނދަރުކޮށްފައި އޮތް ބޮޑު ސަފާރީ؛ 'ޢަރަޤު' ހީވަނީ އައު ކައިވެންޏަކަށް ތައްޔާރު ކޮށްލާފައިވާ އަރޫޝާއެއް ހެންނެވެ. ތަފާތު ކުލަކުލައިގެ ފޮތިން ހަދާފައިވާ ދިދަފަތިތަކާއި، އެކި ކުލަކުލައިގެ ފުއްޕާހަމާއި ޕޮންޕޮން ކަރުދާހާއި ބެނާ ފޮތިތަކާއި ނިވިދިއްލޭ ކުލަ ބޮކިތަކުން، ވިއްސަކަށް އަހަރުވެފައިވާ އެ ސަފާރީއަށް ވަނީ ޒުވާންކަން ގެނެސްދީފައެވެ. އިރު އޮއްސި އަނދިރިވަމުންދިޔަ އިރު ވެސް އުޑުމަތީގައި ލާފައިވާ ރަތްވިލާތަކުގެ ސަބަބުން މާހައުލަށް ވަނީ ރަތް އަލިކަމެއް ފެތުރިފައެވެ. ސަފާރީ ތެރޭގައި ދެ ޖިންސުގެ ޒުވާނުން ހޭވައްޓާފައި މަޖާނަގަނީއެވެ. ބައެއް ޖޯޑުތައް ބޯޓްގެ ދިރުނބާކޮޅުގައާއި ބޯޓްގެ ޑެކް މަތީގައި ފޮޅުވަން ފެށީ އޮއްސޭ އިރާއިއެކު ފޮޅޭ، މޫން ފްލާވަރ ފޮޅި އޭގެ ތާޒާކަމުން މާހައުލު އުޖާލާ ކޮށްލާ ފަދައިންނެވެ. ޚާއްޞަ ގޮތެއްގައި މި ދަތުރު އެބަޔަކަށް ޚާއްޞަވެފައިވާ އަނާރާ އާއި އާފާގް ފާހަގަ ކޮށްލެވެއެވެ. އެމީހުންތިބީ ބޯޓްގައި ދެބުރިއަށް ހަދާފައިވާ ހިޔާގަނޑުގެ ފުރަތަމަބުރީގެ ޑެކްގައި ބަހައްޓާފައިހުރި ޕްލާސްޓިކް ސަރަންފީ ގޮނޑިއެއްގައެވެ. އެހެން މީހެއްގެ ހިލަމެއް އެތަނަށް ނުވާނެކަން އެމީހުންނަށް އެނގެއެވެ.
އާފާގަކީ ލ. ގަމުގެ އެއްމެ މަޝްހޫރު ވިޔަފާރިވެރިޔާ ވާފިރުގެ ފިރިހެން ދަރިފުޅެކެވެ. މި ދަތުރަކީ އާފާގް ކައިވެނި ކުރި ކުއްޖާ ބަލާ ދިއުމަށް އިސްދުއަށް އެދުވަހު ހެނދުނު ކުރި ދަތުރެކެވެ. 'ކައިވެނި މައްޗަށް' އިސްދުއަށް ދިޔައީ ވިއްސަކަށް މީހުންނެއް ނޫނެވެ. ވާފިރުގެ މަޝްހޫރުކަމާއި އޭނާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން ގަމު ތިން އަވަށުގެ ކުދިބޮޑު އެންމެން ވެސް ދެކެނީ ވާފިރަކީ ވަރަށް ގާތް މީހެއްގެ ގޮތުގައެވެ. ހަމަ އެހެންމެ އާފާގަކީވެސް ގަމުގެ ޒުވާނުންގެ މެދުގައި ނުހަނު މަޤުބޫލު މީހެކެވެ. އާފާގްގެ އަވަށް ކަމަށްވާ ތުނޑީ އަވަށުގައި އެންމެ ވަރުގަދައަށް ހިންގަމުން އަންނަ ޖަމިއްޔާ – ޔޫތުސް ފޮރ ޑިވެލޮޕްމެންޓްގެ އެންމެ އިސް އެކަކީވެސް އޭނާއެވެ. އެހެންކަމުން 150 އާއި 175 އާއި ދެމެދުގެ ޢަދަދަކަށް މީހުން މި ދަތުރުގައި ބައިވެރިވެއެވެ. އަނެއްކޮޅުން އާފާގް ކައިވެނި ކުރީ އިސްދުއަށް، އަދި މުޅި އަތޮޅަށް މަޝްހޫރު 'އިސްދޫ ސަޢީދު ކަލޭފާނުގެ ދަރިފުޅު' އަނާރާ ސަޢީދު އާއެވެ. އެހެންކަމުން ވާފިރު ވެސް ބޭނުންވީ އިސްދޫ މީހުން ހައިރާންވާ ވަރުގެ ގްރޫޕެއް ގޮވައިގެން އެރަށަށް ދިއުމަށެވެ.
ސަފާރީ އެރޭ އެރަށުގައި ބަނދަރުކުރީ މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިިވާ ރީނދޫ އިންޒާރަށް ބަލާފައެވެ. ސަފާރީގެ ކައްޕިއަކީ ޕްރޮފެޝަނަލް ކައްޕިއެއްކަމުން އެންމެބޮޑު އަހައްމިއްޔަތުކަމެއް ދެނީ ފަސިންޖަރުންގެ ރައްކާތެރި ކަމަށެވެ. އެހެން ނޫނަސް މި ދަތުރަކީ އާދައިގެ ދަތުރެއް ވެސް ނޫނެވެ. އޭނާގެ ބޮސްގެ ޢާއިލާއިން ރާވާފައިވާ ރަސްމީ ދަތުރެކެވެ. އެހެންވެ ވާފިރުގެ ވެސް ބަހަށް، ކައްޕި ނިންމީ އަނެއް ދުވަހު ހެނދުނު ދަތުރުފެށުމަށް މިރޭ އެރަށުގައި މަޑުކުރުމަށެވެ.
ސަފާރީ ތެރޭގައި ލަވަބާޒީ ކުޅުމާއި ބޮޑުބެރުޖެހުމާއި މަޖާކުރުން އިންތިހާއަށް ކުރިއަށް ދިޔައެވެ. ޖައްސާފައިވާ ޑީޖޭ ލައިޓްތަކުގެ ސަބަބުން، ދުރުން އެ ސަފާރީ ފެންނަ ބަޔަކަށް ހީވާނީ ޑީޖޭއެއް ޖައްސައިގެން އުޅެނީ ކަމަށެވެ. އިސްދޫގައި ތިބޭ ފުލުހުން ވެސް ދެ ފަހަރަކު ބަނދަރުމަތިން ބުރެއްޖެހީ އެހެން ހީވެގެން ކަމަށް ވެސް ވެދާނެއެވެ. އެކަމަކު މިފަދަ ދަތުރެއްގައި، އެގޮތަށް އެހާގިނަ ބަޔަކު މަޑުކުރަން ޖެހުމުން މަޖާވެސް ނަގާނެތާއެވެ.
ގަމު ތުނޑީ ބަނދަރުމަތީގައިވެސް ފޯރި ވަކިން ކުޑައެއް ނޫނެވެ. ކައިވެނި މައްޗަށް ދިޔަ މީހުން އަންނަންވާ އިރަށް އެމީހުންނަށް މަރުޙަބާ ކިޔުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނީއެވެ. ވާފިރުގެ އަންހެނުން ގަމަރިއްޔާ އިސްދުއަށް ނުގޮސް ރަށުގައި މަޑުކުރީ އެހެން ވެގެންނެވެ. ވާފިރަށް ގުޅަމުން ބޯޓްގެ ޚަބަރު ދަބަރު ބަލަމުން، ގަމަރިއްޔާ ގެންދިޔައެވެ.
"ކޮބާތަ މަގޭ އާފާގާ، އަނާރާ؟" ކެތް މަދުވެފައިވާ ގަމަރިއްޔާ ވާފިރު ކައިރީ އަނެއްކާ ވެސް އެހިއެވެ.
"އެކުދިން އެބަތިއްބޭ ގެގަނޑުމަތީގަ. ގަމަރިއްޔާ ނިކަން ހަމަޖެހިލައިގެން އުޅެބަލަ! އެހެންނޫނީ މާދަމާރެޔަށް-" ވާފިރު ސަމާސާ ރާގަކަށް ބުނެލިއެވެ.
"ހޫމް. ދެން ވާފިރު އުޅޭގޮތެއްދޯ. އަމުދަކުން މާދަމާރެޔަކު ނުވެސްވާނެ. ހާދަ ވަރުބައްޔެއް ވެފައޭ މާދަންރެއަށް ހުންނާނީ. ދެފައި އެއްތާ ނުޖަހާ މިއަދު ވެސް މިއުޅެނީ. އަދި މާދަމާ ވެސް އޮތީ!"
"ކޮބާ ރަށަށް ވިއްސާރަތަ މިހާރުވެސް؟" ނިތްކުރީގައި އަތްޖައްސާލައި އުދަރެހަށް ބަލައިލަމުން ވާފިރު އެހިއެވެ.
"މިވަގުތު އޮތީ ކެރި ކަނޑާލާފަ. އެހެންވެތާ ބަނދަރަށް މި އެރުނީވެސް. މިވެރިން މިތަން ޒީނަތްތެރިކުރަން މިހާ ވިއްސާރައިގަ އުޅޭއިރު ޖެހޭނެއެއްނު ބަލައިލަން އެރެން." ގަމަރިއްޔާ ހުރީ ކަންބޮޑުވެފައެވެ. ކެތްމަދުވެފައެވެ. އޭނާގެ ޅީދަރިފުޅު ދެކިލުމަށް ކެތް މަދުވެފައެވެ.
-ނުނިމޭ-

Post a Comment